މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރު ކޮށްފިއެވެ.
ކަމަދޫ މީހަކާ ހަވާލާދީ ރާއްޖެ އެމްވީ ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލަށް ހޮވިފައިވާ ސަމީރު ހައްޔަރުކުރީ ރޭ 9:00 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިންނެވެ.
އަދި ފުލުހުން އޭނާ ކައިރިއަށް ދިއުމުން އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓެއް އެއްލައިލި ކަމަށްވެސް ކަމަދޫން އެ ނޫހަށް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.