ފެހެންދޫ އާ އިންޖީނުގެ ހުޅުވައިފި

ފެހެންދޫ އިންޖީނުގެ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ފެނަކަ

ބ. ފެހެންދޫގައި ސަރުކާރުން ގާއިމްކުރި 1.9 މިލިއަން ރުފިޔާގެ އާ އިންޖީނުގެ ހުޅުވައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ތްރީ ބްރްދާސް ޕަރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ ފެހެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިންޖީނުގެ ހުޅުވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ ފެހެންދޫގައި އަލަށް ހުޅުވި އެ އިންޖީނުގޭގައި 128 ކިލޯވޮޓްގެ އިންޖީނާއި 80 ކިލޯވޮޓް އަދި 50 ކިލޯވޮޓްގެ އެއް އިންޖީނު ބަހައްޓާފައިވާ ކަމަށެވެ.

ފެހެންދޫގައި އާ އިންޖީނުގެއެއް އަޅަން މިއަހަރުގެ ޖޫންމަހު ތެރޭ ބަޔަކާ ހަވާލުކުރީ އެރަށު އިންޖީނުގޭގެ ހާލަތާ ބެހޭ ގޮތުން ކުރިން ސޯޝަލް މީޑިޔާގައިވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.

ފެނަކައިން ބުނި ގޮތުގައި ފެހެންދޫގައި ގާއިމްކޮށްފައިވާ އާ އިންޖީނުގެ އަކީ ޒަމާނީ ފެންވަރަކަށް އިމާރާތްކޮށް އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެހާ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ އިންޖީނުގެ އެކެވެ. މި އިންޖީނުގޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.