ފަސްމުގޫ ލަކީޑްރޯ ޝޯ ރާޅު މަރިޔަނބާއި، ހޯރަފުށީ ރުގީގެ “ފެހިފެހި އާޒާދީ” ބޭންޑާއެކު މާދަމާ ރޭ

މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އާއި، ދިވެހިންގެ ހިތްތައް ކަތިލަމުން އަންނަ ލަވަކިއުންތެރިޔާ ރުގިއްޔާ އަބްދުﷲގެ ފެހިފެހި އާޒާދީ ބޭންޑާއެކު ފަސްމުގޫ ގްރޫޕުން މާދަމާ ރޭ އޭދަފުށީގައި ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ މި ޝޯއަކީ ފަސްމުގޫ ގްރޫޕުން މިދިޔަ ރޯދަމަހު ބޭއްވި ލަކީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް އެ ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އެކެވެ. ޝޯ އޮންނާނީ އޭދަފުށީ ރަސްމީ ސްޓޭޖްގަ އެވެ.

ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު އިސްމާއީލް ޝަހީމް ބުނި ގޮތުގައި މި ޝޯއިން ފަސްމުގޫ ފިހާރައިން މިދިޔަ ރޯދަމަހު ކުރިޔަށްގެންދިޔަ ރޯދަ ފްރޮމޯޝަން”ގެ ގުރުއަތުލުމާއެކު، ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ އެވެ.

“މައިގަނޑު ބޭނުމަކީ މި އަތޮޅުގެ ރައްޔިތުން އަދި ޚާއްސަކޮށް އޭދަފުށީ ރައްޔިތުން ހެއްވާލުން،”

ފަސްމުގޫ ރޯދަ ޕްރޮމޯޝަން ލަކީޑްރޯ ނެގުމަށް މިދިޔަ އަހަރުވެސް ތަރިންނާއެކު ކުލަގަދަ ޝޯއެއް ވަނީ ބާއްފައިފަ އެވެ.

އިސްމާލު ބުނީ މާދަމާރޭގެ ޝޯ އިން ވެސް ކުލަ ގަދަވެފައި ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ޝޯގައި ލަކީ ޑްރޯގެ ނަސީބުވެރިން ހޮވުމުގެ އިތުރުން ފަސްމުގޫ ޓީމުގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އިނާމު ދޭނެ އެވެ. އަދި އެ ޝޯ ގައި ފަސްމުގޫ އަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްމާއިލު ބުންޏެވެ.

ފަސްމުގޫ ގުރޫޕަކީ ބ. އަތޮޅުގައި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ފަރާތެވެ. އެ ގްރޫޕުން މިދިޔަ އަހަރު ކުރީކޮޅު ފަސްމުގޫ ހާޑުވެއާގެ ނަމުގައި އޭދަފުށީގައި އިތުރު ފިހާރައެއްވެސް ހުޅުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.