އުރީދޫން ގިނަ ދުވަހަށް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 15 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓެއް

އުރީދޫ ޕޯސްޓްޕެއިޑް ދިގު މުއްދަތަކަށް ޚިޔާރުކުރައްވާނަމަ %15 އާއި ހަމައަށް ޑިސްކައުންޓް ފޯރުކޮށްދިނުމާއި އެކު، ރާއްޖެއަށް އަނެއްކާވެސް ވަރަށް ތަފާތު ޚިދުމަތެއް ތައާރަފްކޮށްފި އެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އަދި ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ އާ އަދި އީޖާދީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް ކަމަށެވެ.

“ދިގު މުއްދަތަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތައް ދެވުމަކީ، އަޅުގަނޑުމެން އުފާކުރާ ކަމެއް.” ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރައްވާ ކަސްޓަމަރުންނަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓް އެއް ހެދުމާއި އެކު، އުރީދޫގެ އެންމެ މަގްބޫލް ޕޯސްޓްޕެއިޓް ޕެކޭޖުތައް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓް ތަކެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން ދެ އަހަރުގެ ކޮންޓްރެކް ޕްލޭނަކަށް 15 ޕަސެންޓް އަދި އެއް އަހަރުގެ ކޮންތްރެކްޓް ޕްލޭނަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އުރީދޫ އިން ވަނީ ކިޔަވާ ކުދިންނަށް ވަރަށް ޚާއްސަ އޮފަރ އެއްވެސް ތައާރަފް ކޮށްފައެވެ. އެގޮތުން، ސްޓޫޑަންޓް ޕްލޭން 6 މަސް ދުވަހުގެ ކޮންޓްރެކްޓަކާއި އެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރައްވާ ބޭފުޅުންނަށް، މަހުފީ އިން %5 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.