ދިރާގު ރޯދަ ހަދިޔާ އަށް މިފަހަރު ހަތަރު ސައިކަލާއެކު ގިނަ އިނާމުތަކެއް

timthumb.php

މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފްކޮށްފައިވާ “ރޯދަ ހަދިޔާ”ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް އެލިއާ ކުންފުނިން ހަދިޔާ ކުރާ ޔަމަހާ ބްރޭންޑުގެ ސައިކަލެއް ދޭގޮތަށް ދިރާގުން ހަމަޖައްސައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގު މާކެޓިން ޑިޕާޓްމެންޓުގެ މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެލިއާއިން ކަނޑައަޅާފައިވާ ހަތަރު ބްރޭންޑެއްގެ ސައިކަލުގެ ތެރެއިން އެމީހަކު ގަޔާވާ ކުލައެއްގެ އަދި ބްރޭންޑެއްގެ ސައިކަލެއް ނެގުމުގެ އިޚުތިޔާރު އެމީހަކަށް އޮންނާނެ ކަމަށެވެ.

މިޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މިޕްރޮމޯޝަނަށް ސަބްސްކްރައިބް ކުރެވިގެންދާނީ “އޮޓޯ”ކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހޭދަ ކުރާ ކޮންމެ 150 ރުފިޔާއަކާއި އެކު “ރޯދަ ބޮޑު ހަދިޔާ”ގެ ލަކީ ޑްރޯއަށް “އެންޓަރ” ވެގެންދާނެކަމަށްވެސް އެ ބައްދަލުވުމުގައި މިރުޝާން ވިދާޅުވިއެވެ.

ރޯދައަށް ހާއްސަކޮށްގެން ދިރާގުން ހުޅުވާލާފައިވާ “ރޯދަ ހަދިޔާ” ޕްރޮމޯޝަން ކުރިއަށް ދަނީ މައިގަނޑު ހަތަރު “އޮފަރ” އަކަށް ބަހައިލައިގެންނެވެ. އޭގެ ތެރެއިން އެއް އޮފަރ އަކީ ދިރާގު ރޯދަ ބޮޑު ހަދިޔާ އެވެ.

ދިރާގު “ރޯދަ ހަދިޔާ” ޕްރޮމޯޝަންގެ ދަށުން އޮފަރ ކުރާ އަނެއްކަމަކީ ސައުދީ އަރަބިއާއަށް 1.99 ރުފިޔާއަށް ގުޅުމުގެ ފުރުސަތެވެ. “އައިޑީޑީ ސްޕެޝަލް އޮފާ ފޯ ސައުދީ އަރަބިއާ” އޮފަރގެ ދަށުން ސައުދީ އަރަބިއާއަށް އުމްރާއަށް ދާ މީހުންނަށް މިނެޓަކަށް 1.99 ރުފިޔާގެ ރޭޓުން ގުޅޭނެކަމަށް މާކެޓިންގް ޑިޕާޓްމެންޓުގެ ޕީއާރު އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިރޭޓަކީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ގުޅޭ އެންމެ އަގުހެޔޮ ރޭޓުކަމަށާއި މިރޭޓުން ގުޅޭނީ ދިރާގު އައިޑީޑީ ސްޕެޝަލް ކޯޑު، 019 ޖެއްސެވުމަށްފަހު ގުޅުމުންކަމަށެވެ.

މިއަހަރު ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދަށުން ހުޅުވާލާ އަނެއް ޕްރޮމޯޝަނަކީ “ޓަޗްނެޓް ޕްރޮމޯޝަން”އެވެ. މިޕްރޮމޯޝަނަކީ ރޯދަމަހުން ފެށިގެން ހަމަސްދުވަހަށް ކުރިއަށްދާނޭ ޕްރޮމޯޝަނެއް ކަމަށާއި އެޕްރޮމޯޝަންގެ ދަށުން ޓަޗްނެޓް މޮޑެމްތަކަށް މަހެއްގެ މައްޗަށް 200 ރުފިޔާ ރިލޯޑްކޮށްފިނަމަ ހިލޭ 500 އެމްބީ ލިބޭނެކަމަށް އިމްޖާދު ވިދާޅުވިއެވެ. އަދި މިޕްރޮމޯޝަން ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ޓަޗްނެޓް މޮޑެމެއް 599 ރުފިޔާއަށް ލިބޭނެކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.

މިޕްރޮމޯޝަނަށް ސަބްސްކްރައިބް ކުރުމަށް ޖެހޭނީ އިނގިރޭސި ބަހުން “ޕްރޮމޯ” ޖެއްސެވުމަށްފަހު 443ކަށް މެސެޖުކުރަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މޯބައިލް، މަރިޔަމް ޝިފްލީން ވިދާޅުވީ މިއަހަރު ރޯދައަށް ހާއްސަ ކޮށްގެން ހުޅުވާލާ އަނެއް ޕްރޮމޯޝަނަކީ ދިރާގު ނަމްބަރުތަކަށް ކޮންމެ ހުކުރު ދުވަހަކު ހިލޭ ގުޅޭނޭ ގޮތަށް ހަމަޖައްސާފައިވާ ޕްރޮމޯޝަނެއްކަމަށެވެ. “ޕްރިޕެއިޑް ފްރައިޑޭ އޮފަރ”ގެ ދަށުން ހަފްތާއެއްގެ ތެރޭގައި 75 ރުފިޔާ ހަރަދުކޮށްގެން އެހަފްތާއެއްގެ ހުކުރު ދުވަހު ދިރާގުގެ ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅޭނެކަމަށްވެސް ޝިފްލީން ވިދާޅުވިއެވެ. އަދި މި ޕްރޮމޯޝަނަށް ސަބްސްކްރައިބް ކުރެއްވުމަށް ޖެހޭނީ އިންގިރޭސި ބަހުން “އެފްއެފް” ޖެއްސެވުމަށްފަހު 343ކަށް މެސެޖު ކޮށްލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.