ބ. އަތޮޅު ތައުލީމީ މަރުކަޒު ގެ އެންމެ މޮޅު ދަރިވަރުންނަށް ޔުމްނާ އާއި ޝަމާއިލް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެމޮޅު ސެކަންޑްރީ ދަރިވަރު ޔުމްނާ އާތިފަށް އެވޯޑްދެނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރުގެ ސެކަންޑަރީ ބައިން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ޔުމްނާ އާތިފް އަދި ހަޔަ ސެކަންޑްރީ ބައިން ޝަމާއިލް މުހައްމަދު ނަސީރު ހޮވައިފި އެވެ.

ޔުމްނާ ވަނީ މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައި ގައުމީ ގަދަ ދިހައަކުން ފަސް ވަނައިގައި ވެސް ހިމެނިފަ އެވެ. ޝަމާއިލް އަކީ އޭ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން އަށް ވަނަ ހޯދި ދަރިވަރެކެވެ.

މި ދަރިވަރުންނަށް އިނާމު ހަވާލު ކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރި މެހެމާން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރުންނަށް ދަނާލުގެ ޓްރަސްޓް ފަންޑުން މިއަހަރު ވެސް، އިނާމެއްގެ ގޮތުގައި ވަނީ ލެޕްޓެޕް ދީފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ގްރޭޑް 8-12 އާ ހަމައަށް ރަނގަޅު ނަތީޖާ ހޯދި 73 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.