ބ. ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހިނެކެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 22:25 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނިގޮތުގައި ދަރަވަންދޫ ބަނދަރު ސަރަހައްދުން އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 16 ކަރުދާސްކޮޅު ފެނިފައިވެ އެވެ.
އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތެއްވަނީ ދީފަ އެވެ.
މި މައްސަލަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.