ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށީގައި ބޮޑު ހިނގާލުމެއް

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމޫ، ސަރަހައްދީ ފުޓްބޯޅަ މުބާރާތުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

މި ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ވަނީ ގައުމީ ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ހިނގާލުމުގެ ބައިވެރިން ބުނި ގޮތުގައި ރާއްޖެ ތަމްސީލު ކުރި ގައުމީ ޓީމުގައި އޭދަފުށީގެ ދެ ކުޅުން ތެރިން ކަމަށްވާ ހަމްޒާ (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ ) ހިމެނޭ ކަމީ ފުޓްބޯޅަ އަށް ލޯބި ކުރާ އޭދަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ޚާއްސަ އުފަލެކެވެ.

“މި ކާމިޔާބީ ލިބުގައި އޭދަފުށީގެ ދެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑު. މިކަމުގެ އުފަލުގައި އަދި ގައުމީ ޓީމުގެ އުފަލުގައި ބާއްވާ ހިނގާލުމެއް މިއީ. މިއަދު އަޅުގަނޑުމެން އެންމެ އުފާވަނީ އޭދަފުއްޓަށް އުފަން ދެ ދަރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕް) ދެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑު. މިފަހަރު މި ލިބުނު ރަން ތަށީގަ އޭދަފުށީގެ ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ފަޚްރުވެރިވޭ،” ކުރީގެ މަޝްހުރޫ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު ބައްޓޭ ބުންޏެވެ.

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ބައްޓޭ ބުނިގޮތުގައި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އޭދަފުށީގެ ގިނަ ކުޅުންތެރިތަކެއް ގައުމީ ޓީމުގައި ހިމެނި މިފަދަ ކާމިޔާބީ ތައް ތަކުރާރުކުރުމެވެ.

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

“މިފަހަރު މި ހޯދި ތަށީގައިވެސް އޭދަފުށިގެ ވަރަށް ހިތްވަރުގަދަ ދެ ދަރިންގެ (ސެންޓޭ އާއި ހަމްޕް) ހިއްސާ ވަރަށް ބޮޑު. ކުރިއަށް އޮތް ތަނުގައި ޒުވާން ކުޅުންތެރިންވެސް ވިސްނަންވީ ކޮންމެ ކުއްޖަކީވެސް ސެންޓޭ އަކަށް ނުވަތަ ހަމްޕް އަކަށްވާން. އިރާދުކުރެއްވިއްޔާ ގައުމީ ޓީމަށް އެރޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތިކުދިންނަށް މިކަމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއްދޭން. ކުރިއަށް އޮތް ތަނުގައި ކްލަބް އޭދަފުށީ ތިކުދިންނަށް ބޭނުންވާ ހުރިހާ ކަމެއްގައި ކުރިއަށްދާން ތައްޔާރަށްތިބި ވާހަކަ ދަންނަވަން،” އޭދަފުށީ ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން ބުންޏެވެ.

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބުކުރުމެވެ. މީގެ ކުރިން އެ މުބާރާތުގެ ތަށި ރާއްޖެ އިން އުފުލައިލީ 2008 ގައި އިންޑިއާ ބަލިކޮށްފަ އެވެ. އެފަހަރުވެސް ތަށީ ހޯދުމުގައި އޭދަފުށީ ކުޅުންތެރިންގެ ހިއްސާ ފާހަގަކޮށްލެވެ އެވެ.

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން
ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ. ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.