ފުޅަދޫ ފަޅު ފުންކޮށް ބަނދަރު ހަދަން އެމްޓީސީސީ އަށް

ބ. ފުޅަދޫ

ބ. ފުޅަދޫ ބަނދަރު ހެދުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް 24 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ފުޅަދޫ ބަނދަރު ހަދާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ސީއެސްއާރުގެ ޕްރޮޖެކްޓެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފުޅަދުއަކީ ލަފައިފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށެވެ. އެހެންވެ އާބާދީ ކުޑަ ކަމުގައި ވިއަސް އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ފިޝަރީޒް މިނިސްޓަރު ޝައިނީ ވާހަކަދައްކަވަނީ.– ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ރަސްމިއްޔާތުގައި، ފުޅަދު އަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ވެސް ފުޅާވަމުން އަންނައިރު ފުޅަދޫގައި ބަނދަރު ހެދުމުން އެކަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ވެސް އެކަމުގެ މަންފާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.