ފެހެންދޫން ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ބ. ފެހެންދޫ

ބ. ފެހެންދޫން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ފެހެންދޫ ކައުންސިލުން ބުނީ އެރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓްގެ 14 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައި، އެކަމާގުޅޭ ފޯމު އެރަށު ކައުންސިލުން ދޫކުރަން ފަށާފައިވާ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފެހެންދޫން ގޯއްޗަށް ކުރިމަތިލާން ހިމެނޭ ބައެއް ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް ރަޖިސްޓްރީވެގައި ނެތުމާއި އަދި އެފަދަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުމާއި މިފަދަ ތަނެއް އަމިއްލ ނަމުގައިއޮވެ، މިތަން ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފެހެންދޫން ކައުންސިލުން ބުނި ގޮތުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅައިވާ ގޮތުގެ މަތިން ޕޮއިންޓްދެވި، އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ.

ފެހެންދޫގެ މިހާރުގެ ރަޖިސްޓްރީގައި، ކުޑަކުދިންނާ އެކު 298 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ރަށުގައި މިހާރު އެވްރެޖް ގޮތެއްގައި ދިރިއުޅެނީ 120 އާއި 150 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. އެހެންވީމާ، ރަށުގެ ރަޖިސްޓްރީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން އުޅެނީ ރަށުން ބޭރުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.