އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕް ފަށައިފި

ތްރީ އޮން ތްރީ ސޮކާ ކަޕްގައި ރޭ ކުޅެނީ- ފޮޓޯ / ދަ ބިގިނާސް
ތްރީ އޮން ތްރީ ސޮކާ ކަޕްގައި ރޭ ކުޅެނީ- ފޮޓޯ / ދަ ބިގިނާސް

 

ކްލަބް ދަ ބިގިނާސް އިން ރޯދަމަހާ ދިމާކޮށް އޭދަފުށީގައި ބާއްވާ އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕް ރޭ ފަށައިފި އެވެ.

އިރުމަަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގައި 16 ޓީމާއެކު ފެށި މުބާރާތް ހުޅުވައިދެއްވީ އޭދަފުށީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުލްމަޖީދު ހަސަން އެވެ. މުބާރާތް ފެށުމުގެ ކުރިން މިދިޔަ ބޮޑުއީދު ނިޔާވި އަލްމަރުހޫމް އަހްމަދު ޝާހީން (ޖޯއީ) ގެ ހަނދާނުގައި ވަނީ އެއް މިނިޓްގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.

މުބާރާތުގައި ރޭ ތިން މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގައި ދަ ބްލޫސް އަތުން 2-1 އިން ފެއިމްސް ޔުނައިޓެޑް މޮޅުވިއިރު ގްރޫޕް ދޭއްގައި ވެލާ ސްޕޯޓްސް އަތުން 2-1 އިން އޭދަފުށީ ޕޮލިސް ވަނީ މޮޅުވެފަ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ތިނެއްގައި ސަޖީ އެންޑް ފްރެންޑްސް އަތުން 3-0 އިން ވީ ކޮމްބިނޭޝަން ވަނީ މޮޅުވެފަ އެވެ.

މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ދަ އައިލެންޑް ޝާކް އާއި އެފްސީ ސޫޕް ބައްދަލުކުރާއިރު، ރިއަލް ފްރެންޑްސްއާ ދެކޮޅަށް ނުކުންނާނީ ދަ އެކްސްކާޝަން އެވެ. ބީއެސްކޭ ކުޅޭނީ ޑޮލަރ އެފްސީ އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.