ބ. ހިތާދޫ ޒެޑްލައިން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ގިނައަދަދެއްގެ ފައިސާއާއި މުދާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހިތާދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ ކަމަށްބުނެ، މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.
ފުލުހުން ބުނިގޮތުގައި މި ދެމީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 14023.50 ރުފިޔާއާއި މުދާތައް ހޯދައި ވެރިފަރާތާ މިހާރުވަނީ ހަވާލުކޮށްފަ އެވެ.
މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.