ތުރުކީގެ އިސްތަންބޫލްގައި 53,100 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު ޔުއޭފާ ކަޕްގެ ތަށި ޖަރުމަނުގެ ވާޑަ ބްރޭމަންއާ ބައްދަލުކޮށް ޔުކްރެއިންގެ ޝަކްޓާ ކާމިޔާބު ކޮށްފި އެވެ.
ފޯރިގަދަ ކުޅުމެއް 2 ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މި މެޗުގައި ބްރޭމަންގެ ގޯލް ހުޅުވައިދިނީ 27 ވަނަ މިނިޓްގައި ޝަކްޓާގެ ލުއިސް އެޑްރިއާނޯ އެވެ.
ސަސްޕެންޑް ކޮށްފައި ވުމުގެ ސަބަބުން ބްރޭމަންގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ބްރެޒިލްގެ ތަރި ޑިއޭގޯ ނުލާ ކުޅުނު މި މެޗުގައި ބްރޭމަން އަށް އެއްވަރު ކޮށްދިނީ 35 ވަނަ މިނެޓްގައި ނަލްޑޯ އެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން 2 ޓީމް އެއްވަރުވުމުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޝަކްޓާ އަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ބްރޭމަންގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 97 ވަނަ މިނިޓްގައި ޖަޑްޝަން އެވެ.
— އިބްރާހިމް ޝަހީދު