ފިހާރައަކުން ވައްކަން ކުރި މީހަކު ފޭސްބުކްގެ އެހީގައި ހޯދައިފި

FB

އެމެރިކާގެ ސަހަރެއްގައި ހުރި ފިހާރައަކުން ވައްކަން ކުރި މީހަކު ފޭސްބުކްގެ ޒަރީއާއިން ހޯދައިފިއެވެ.

ތަރުކާރީ ވިއްކާ ފިހާރައެއް ކަމަށްވާ “ޝޮޕް އެންޑް ސޭވް”އިން ތަކެތި ގަނެފައި ފައިސާ ނުދައްކާ ދިޔަ މީހާއަކީ ކާކުކަން ފުލުހުންގެ ޒަރީއާއިން ކަށަވަރު ނުކުރެވުމުގެ ސަބަބުން ފިހާރައިގެ ވެރިޔާ މާކް ކޯލް ކުރި ކަމަކީ ފިހާރައިގެ ސެކިއުރިޓީ ކެމެރާގެ ވީޑިއޯގެ މަންޒަރެއް، އެ ފިހާރައިގެ ފޭސްބުކް ސަފުހާއަށް ލީއެވެ. އަދި އެ ވީޑިއޯއިން ފެންނަ މީހަކީ ކާކުކަން ހޯދައިދިނުމަށް، އެ ފިހާރައިގެ “ފޭނުން”ގެ ފަރާތުން އެދުނީއެވެ.

އިސާހިތަކު އެ ސަހަރުގައި ދިރިއުޅޭ އެ ފިހާރައަށް “ތާއީދު” ކުރާ ކަސްޓަމަރުން އެ މީހާއަކީ ކާކުކަން ހޯދައި، ފިހާރައަށް އެންގިއެވެ. އަދި މިކަން މިހެން ދިމާވުމުން ވައްކަން ކުރި މީހާ ވަނީ އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. އަދި މާކްގެ ގާތުން އޭނާ އެދުނީ ފޭސްބުކަށް ލީ އޭނާގެ ވީޑިއޯ ފޭސްބުކް “ވޯލް” ނުވަތަ “ފާރުން” ނަގައިދިނުމަށެވެ.

މި ހާދިސާއާ ގުޅިގެން މާކް ބުނީ ‘ސޯޝަލް މީޑިއާ’ ނުވަތަ އިޖުތިމާއީ މީޑިއާ ނެތް ނަމަ އެ މީހާ ނުހޯދުނީސް ކަމަށެވެ.

އެ މީހާ ހޯދައިދިން މީހަކަށް 100 ޑޮލަރުގެ އިނާމެއް ވެސް މާކް ވަނީ ފިހާރައިގެ ފޭސްބުކް ސަފުހާގައި ހުށަހަޅައިފައެވެ. ނަމަވެސް ވައްކަން ކުރި މީހާ ހޯދައިދިނުމަށް މަސައްކަތް ކޮށްދިން އެއްވެސް މީހަކު އެ އިނާމަކު ނުހިފިއެވެ. ފިހާރައިގެ ފޭސްބުކް ސަފުހާ ދެކެ “ލައިކް”ވާ އެ މީހުން ބުނީ އެއީ އެ މީހުން ހެޔޮހިތުން ކޮށްދިން ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.