މާޅޮހުގައި ބެޑްމިންޓަން ކޯޗިން ކޭމްޕެއް ބާއްވައިފި

މާޅޮހުގައި ބޭއްވި ބެޑްމިންޓަން ކޯޗިން ކޭމްޕްގައި ބައިވެރިވި ކުދިން ކޯޗުންނާއެކު– ފޮޓޯ/މާރެސް

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ (މާރެސް)ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކޯޗިން ކޭމްޕް ނިމިއްޖެ އެވެ.

8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ކޭމްޕަގައި 30 ކުދިން ބައިވެރިވި އެވެ.

ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްދެއްވީ ބީޑަބްލިއުއެފް ގެ ކޯޗިން ސެޓްފިކެޓް އޮތް ބޭފުޅުންނެވެ.

މާރެސް އިން ބުނީ މިވަގުތު އަދި ފިރިހެންކުދިންނަށް ކޭމްޕް ކުރިއަށް ގެންދިޔަ ކަމުގައިވިއަސް، ކައިރި މުސްތަގުބަލެއްގައި އަންހެން ކުދިންނަށް ވެސް ހާއްސަކޮށްގެން ކޭމްޕެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މާޅޮހުގައި ބޭއްވި ބެޑްމިންޓަން ކޯޗިން ކޭމްޕް– ފޮޓޯ/މާރެސް

އަދި މީގެ އިތުރުން މާރެސް ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޯޗިން ކޭމްޕް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މާރެސް އިން މީގެ ކުރިން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ ކޯޗިން ކޭމްޕެއް ދެ ފަހަރެއްގެ މަތިން ހިންގާފައެވެ. މިކޭމްޕް ތަކުގައި ކޯޗުކަން ކޮށްދީފައިވަނީ ރާއްޖޭންބޭރުގެ ތަޖުރިބާކާރު ކޯޗުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.