ބެލްޖިއަމްގައި ‘ގަބުރު މަލެއް’ ފޮޅިއްޖެ

6a00d8341bf7f753ef00e54f1fe69a8833-800wi

ދުނިޔޭގެ އެންމެ ބޮޑު، އެންމެ މަދުން ފޮޅޭ އަދި އެންމެ ކުނިވަސް ދުވާ މާ ކަމަށްވާ ‘ކޯޕްސް ފްލާވަރ’ ނުވަތަ ‘ގަބުރު މާ’ގެ ނަން ދެވިފައިވާ މަލެއް ބެލްޖިއަމްގައި މިދިޔަ ހަފުތާގައި ފޮޅިއްޖެއެވެ. ދުނިޔޭގައިވާ އެންމެ ކުނިވަސް ދުވާ މާ ކަމަށް މި މާ ބެލެވެނީ މި މަލުން ދުވަނީ އިންސާނުންގެ ކުނިވެފައި ހުންނަ ގަބުރުން ދުވާ ވަސް ކަމަށްވާތީއެވެ.

އިންޑޮނޭޝިޔާގެ ސުމަތްރާގައި ހެދޭ، ސައިންޓިފިކް ނަމެއް ކަމަށްވާ ‘އެމޯފޯފޭލަސް ޓައިޓޭނިއަމިސް’ގެ ނަން ދީފައިވާ މި މާ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބެލްޖިއަމްގެ ގައުމީ ބޮޓަނިކަލް ބަގީޗާގައި ފޮޅުނު މިއީ ތިން ވަނަ ފަހަރެވެ. ބިންމަތިން ސީދާ ތަނޑަކުން ފަޅާ މި މަލަކީ އެވްރެޖްކޮށް 10 ފޫޓު އުސްމިނުގައި ހުންނަ މަލެކެވެ. ނަމަވެސް ބެލްޖިއަމްގެ ބޮޓަނިކަލް ބަގީޗާގައި ފޮޅުނު މަލުގެ އުސްމިނުގައި ހުރީ 8 ފޫޓެވެ.

މި މަލުގެ އުމުރަކީ 3 ދުވަހެވެ. އެހެންކަމުން ވަރަށް ނާދިރު މި މަންޒަރު ބެލުމަށާއި މި މަލުން ވަސް ބެލުމަށް އެތައް ހާސް ބަޔަކު ޝައުގުވެރިވެފައިވާތީީ ބެލްޖިއަމުން މި ބަގީޗާ ވަނީ ރޭގަނޑު ދަންވަރު ވެސް މެހެމާނުންނަށް ހުޅުވާލައިިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.