ދޮންފަނު އިންވިޓޭޝަން ކަޕް ޑިސެމްބަރު 1 ގައި ފަށަނީ

ބ. ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވާ “ދޮންފަނު އިންވިޓޭޝަން ކަޕް” އަންނަ ޑިސެމްބަރު މަހު 1 ގައި ބާއްވަން ނިންމައިފި އެވެ.

ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު މިއަތޮޅުގެ އަށް ރަށަކުން ވާދަކުރެއެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫގެ އިތުރުން އޭދަފުށި، ކިހާދޫ، ގޮއިދޫ، ދަރަވަންދޫ، ކަމަދޫ، ކުޑަރިކިލު، މާޅޮސް އަދި ދޮންފަނެވެ.
ކުޑަރިކިލު އާއި ކަމަދޫ މިއީ މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ދޮންފަނު ޒުވާނުންގެ ރޫހުން ބުނީ މިއަހަރުގެ މުބާރާތަށް އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިއީ ދޮންފަނު ޒުވާނުންގެ ރޫހުން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ނާޒު.

    ފޫހި އަސްލު. މީތި ވަރަށް.. 23 އަހަރުން ދަށަކީ ދެން އުމުރެއް ނޫން ދޯ އަދި ފުުޓުބޯޅަ ކެރިއާރ ކެިރިޔާ ފެށޭ ހިސާބު… މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާއިރު ވަކި އުމުރުފުރައަކަށް އޮތުމުގެ ބަދަލުގައި އާންމުކޮށް ފުޓުބޯޅަ ކުޅޭ އުމުރުން ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެވޭ ގޮތަށް އޮންނަނަމަ ސަޅި ވީސް.. މިދެން ކޮން އުސޫލެއް؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.