ރޯދަ ބެހިގެންވާ ބައި ތައް

އިސްލާމްއާބާދު، ޕާކިސްތާން: ޖުލައި 10 ވަނަ ދުވަހު ތަރާވީހް ނަމާދުކުރަނީ: އިސްލާމީ ގައުމުތަކުގައި ރޯދަ މަހާ އެކު ދީނީ ހަރަކާތްތައް އިތުރުވޭ. -- ފޮޓޯ: އޭއެފްޕީ
އިސްލާމްއާބާދު، ޕާކިސްތާން: ޖުލައި 10 ވަނަ ދުވަހު ތަރާވީހް ނަމާދުކުރަނީ: އިސްލާމީ ގައުމުތަކުގައި ރޯދަ މަހާ އެކު ދީނީ ހަރަކާތްތައް އިތުރުވޭ. — ފޮޓޯ: އޭއެފްޕީ

 

ޖުމްލަތެއްގައި ރޯދަ އަށް ބަލާއިރު ރޯދަބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ، ފަރްޟުރޯދަ އާއި ސުންނަތް ރޯދައެވެ.

ފަރްޟްރޯދަ

ފަރްޟްރޯދައަކީ، ހިފުމުން ޘަވާބުލިބޭ ނުކޮށް ދޫކޮށްލުމުން ޢަޛާބުލިބޭ ރޯދަ އެވެ. މިފަދަ ރޯދަ ދޫކޮށްލުން ހުއްދަވާނީ ޝަރްޢީ ޢުޛުރެއް މިސާލަކަށް:(މުސްކުޅިބަލި،ކިރުމައި،ދަތުރުވެރިޔާ،ރޯދަ ނުހިފޭވަރަށް ތިމާބަލިވުން،މާބަނޑު އަންހެނުން) ތިމާގެ ގައިގާވާނަމައެވެ. ބަޔާންކުރެވުނު ޢުޛްރުތަކުގައި ޢިލްމުވެރިންގެ ދިގުވާހަކަ ތަކެއްވެއެވެ. ފަހުގެ ވަގުތެއްގައި މިޢުޛްރުތަކާ ބެހޭގޮތުން އިތުރު ތަފްޞީލް އަންނާނެވާހަކަ ދަންނަވަމެވެ.

ސުންނަތް ރޯދަ

ސުންނަތް ރޯދައޭ ބުނެވޭ ބަހުގެ މާނައަކީ، ރަމަޟާން މަހާ،އެހެނިހެން ވާޖިބު ރޯދަތައް ފިޔަވައި،އެހެނިހެން ދުވަސްތަކުގައި ކީރިތި ރަސޫލާ صلى الله عليه وسلم ހިފުމަށް، އިސްލާމީ އުއްމަތަށް އިރުޝާދު ސެއްވާފައިވާ ދުވަސް ތަކެވެ.އެހެންގޮތަކަށް ދަންނަވާކަމުގައިވާނަމަ،ސުންނަތް ރޯދައަކީ އިތުރުޡަވާބާ ދަރުމަ ލިބިގަތުމަށް ޓަކައި،ޝަރުޢް ކުރައްވާފައިވާ އަޅުކަމެކެވެ. ރޯދަ ހިފުމުގެ މާތް ކަމާބެހޭ ގޮތުން  ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. ” مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ ” (رواه البخاري ومسلم) މާނައީ: ” އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ.”

ރޯދަހިފުންސުންނަތް ދުވަސްތަކަކީ ކޮބައިކަން ބަޔާން ކޮށްދެއްވައިފައިވެއެވެ،އެދުވަސްތަކަކީ:

1-    މުޙައްރަމް މަހުގައިހިފާރޯދަ:މުޙައްރަމް މަހުގައި ރޯދަހިފުން ސުންނަތްވެގެންވަނީ 9ވަނަ ދުވަހާ 10ވަނަ ދުވަހާއި، 11ވަނަ ދުވަހެވެ. ޢިލްމުވެރިންވިދާޅުވާގޮތުން ޖެހިޖެހިގެން ތިންދުވަހު ރޯދަ ހިފިކަމުގައިވިޔަސް، އަދި ވަކިވަކިން ހިފިކަމުގައިވިޔަސް ރަގަޅުވާނެކަމުގައެވެ.

2-    ޙައްޖުމަހުގެ ނުވަނަދުވަހު ހިފާރޯދަ:

3-    ޝައްވާލު މަހުގެ ހަރޯދަ

4-    ކޮންމެހަނދުމަހެއްގެ 3 ދުވަސް

5-    ޝަޢްބާންމަހުގެ ފުރަތަމަ ފަނަރަދުވަސް.

ސުންނަތް ރޯދަ ހިފާމީހާއަށް ބޭނުން ވަގުތެއްގައި ރޯދަ ދޫކޮށްލެވިދާނެއެވެ.އެހެންނަމަވެސް ޢިލްމުވެރިންވިދާޅުވާގޮތުން މިފަދައިން ޢަމަލް ކުރުމަކީ މަކްރޫހަކަމެކެވެ.ފަރްޟު ރޯދަ ޤަޟާކުރާމީހާއަށް އެރޯދަ ދޫކޮށްލުން ހުއްދައެއްނުވާނެއެވެ.ސަބަބަކީ ފަރްޟް ކަމެއް ކުރުމަށް ފަށައިފިނަމަ އެކަމެއްފުރިހަމަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެކެވެ.

މަކްރޫހަ ރޯދައަކީރޯދަ ނުހިފުމުން ޡަވާބުލިބޭ، އެކަން ކުރުމުން ޡަވާބު ނުލިބޭ ދުވަސްތަކެވެ.

މިދުވަސްތަކަކީ ސުންނަތުންޡާބިތުވާދުވަސް ތަކެވެ.

1-    ހުކުރު ދުވަސް އެކަނި ރޯދަހިފުން

2-    ހޮނިހިރު ދުވަސް އެކަނި ރޯދަހިފުން

3-    އާދީއްތަ ދުވަސް އެކަނި ރޯދަހިފުން

4-    ޢަރަފާތުގައި ތިބޭ ޙައްޖުވެރިން

5-    މުޅިއަހަރުހިފާރޯދަ

ރޯދަހިފުން ޙަރާމްވާ ދުވަސްތަކަކީ ދެޢީދު ދެދުވަހާއި، ޛިލްޙިއްޖާ މަހުގެ 11،12،13 ތިންދުވަހާއި، ޙައިޟް ނިފާސް ވެރިން ހިފާރޯދައަކީ ޙަރާމް ރޯދައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.