މަންތާ އެއާ ލައިންގެ ދަތުރަށް އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވެއްޖެ އެވެ.
މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ބުނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އުދުހެން ފެށުމަށް މަންތާ އެއާ އިން ގަނެފައިވާ އެންމެފަހުގެ އޭޓީއާރް 600-72 މަރުކާގެ ފުރަތަމަ ބޯޓު އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އިތުރު ބޯޓެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
މަންތާ އެއާގެ ދަތުރުތައް ޑިސެމްބަރުމަހު ފަށައިގަންނައިރު، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދުއަށާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުއްޓަށެވެ. ކުޑަހުވަދޫ އަކީ އެ އެއާލައިންގެ މައިހަބެވެ.
މަންތާ އެއާއިން ބުނީ އެކުންފުނީގެ އަމާޒަކީ ފަސިންޖަރުން ހިތްހަމަޖެހޭނެފަދަ ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި ވިލާ އެއަރ އެވެ.