ފޭލި ހައުސްގައި 4 ބުރީގެ އިމާރާތެއް ހަދާނެ ބަޔަކު ހޯދަނީ

ފޭލި ހައުސް.

ބ. އޭދަފުށީ ފޭލި ޖަމިއްޔާގެ ގޯތި (ފޭލި ހައުސް) ގައި 4 ބުރީގެ އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދަން އެ ޖަމިއްޔާއިން އިއުލާން ކޮށްފި އެވެ.

ފޭލި ޖަމިއްޔާއިން ކުރި އިއުލާނުގައިވާ ގޮތުގައި އެ 4 ބުރީގެ އިމާރާތް އަޅާނީ އެ ޖަމިއްޔާއަށް އޭދަފުށީ ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ބިމުގައިއޮތް 2500 އަކަފޫޓްގެ ހުސް ބިމުގަ އެވެ. އަދި އެ އިމާރާތް އަޅާނީ އެ ޖަމިއްޔާއިންދޭ ކުރެހުމަކާ އެއްގޮތަށް ދެ ފަރާތް އެއްބަސްވާ މުއްދަތަކަށް، އިމާރާތުގެ ގްރައުންޑް ފްލޯ ކުއްޔަކައި ނުލައި އިމާރާތްކޮށްދޭ ފަރާތަށް ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ލިބޭ ގޮތަށެވެ.

އެހެންވެ، އެ އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗާ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 16:00 އަށް ފޭލި ހައުސް އަށް ހާޒިރުވާން ޖެހެއެވެ. އަދި މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ހަމަ އެތަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7704030، 963111 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.