“ފްރެންޑް މީ”ގެ އާ ފިހާރައެއް ހުޅުވައިފި

ކުޑަކުދިންގެ ސާމާނާއި ބަދިގޭ ސާމާނު ވިއްކަން ޚާއްސަ ކޮށްގެން ފްރެންޑް މީ ގްރޫޕުން ރޭ ހުޅުވި ފިހާރައިގައި ބައެއް މީހުން ހަރަކާތްތެރިވަނީ: މިއީ ފްރެންޑް މީގެ 3 ވަނަ ފިހާރަ.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން/އީޓީ

އޭދަފުށީގައި ވިޔަފާރި ފުޅާކުރަމުން އަންނަ ފްރެންޑް މީ ގްރޫޕުން މުޅިން އާ ފިހާރައެއް ހުޅުވައިފި އެވެ. މިއީ އެ ގްރޫޕުން އޭދަފުށީގައި ހުޅުވި 3 ވަނަ ފިހާރަ އެވެ.

“ފްރެންޑްމީ ހޯމް ވެއާ” ގެ ނަމުގައި އަމީނީމަގު ފްރެންޑްމީ މައި ފިހާރަ ކައިރީގައި ރޭ ހުޅުވި މި ފިހާރަ ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ އައިޓަމުތަކުގެ އިތުރުން ބަދިގޭ ސާމާނަށެވެ.

ކުޑަކުދިންގެ ސާމާނާއި ބަދިގޭ ސާމާނު ވިއްކަން ޚާއްސަ ކޮށްގެން ފްރެންޑް މީ ގްރޫޕުން ރޭ ހުޅުވި ފިހާރައިގައި ބައެއް މީހުން ހަރަކާތްތެރިވަނީ: މިއީ ފްރެންޑް މީގެ 3 ވަނަ ފިހާރަ.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން/އީޓީ
ކުޑަކުދިންގެ ސާމާނާއި ބަދިގޭ ސާމާނު ވިއްކަން ޚާއްސަ ކޮށްގެން ފްރެންޑް މީ ގްރޫޕުން ރޭ ހުޅުވި ފިހާރައިގައި ބައެއް މީހުން ހަރަކާތްތެރިވަނީ: މިއީ ފްރެންޑް މީގެ 3 ވަނަ ފިހާރަ.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން/އީޓީ

މީގެ ހަތް އަހަރު ކުރިން ފްރެންޑް މީގެ ނަމުގައި އެ ގްރޫޕުން ފުރަތަމަ ހުޅުވި ފިހާރައަކީ މިހާރު އޭދަފުށީގައި މަޤްބޫލު ފިހާރައެކެވެ. އަދި މިދިޔަ އަހަރު ފްރެންޑް މީ ސްޓައިލްގެ ނަމުގައި ހުޅުވި ފިހާރާވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އާއްމުންގެ މަގުބޫލުކަން ހޯދައިފަ އެވެ.

ކުޑަކުދިންގެ ސާމާނާއި ބަދިގޭ ސާމާނު ވިއްކަން ޚާއްސަ ކޮށްގެން ފްރެންޑް މީ ގްރޫޕުން ރޭ ހުޅުވި ފިހާރައިގައި މީހަކު ހަރަކާތްތެރިވަނީ: މިއީ ފްރެންޑް މީގެ 3 ވަނަ ފިހާރަ.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން/އީޓީ

ފްރެންޑް މީ ގްރޫޕުން ބުނި ގޮތުގައި އެ ގްރޫޕުގެ އަމާޒަކީ ފެންވަރު ރަނގަޅު އަދި އިތުބާރު ކުރެވޭ ބްރޭންޑްތަކުގެ ބާވަތްތައް އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް ފޯރުވައިދީ ވިޔަފާރި ފުޅާކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.