އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މާމިގިއްޔަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މާމިގިއްޔަށް ތައާރަފްކޮށްފި އެވެ.

އެ ކުންފުން ބުނީ މާ މިގިއްޔަށް މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގލިބޭނެ ކަމަށެވެ.

މާމިގިލިން ސުޕަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތް ދިނުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

“އަޅުގަނޑުމެންނަށް އެންމެ މުހިއްމު އެއް އަމާޒަކީ ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް، އަގުހެޔޮ ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މިއަދު މާމިގިއްޔަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖުތައް މާމިނގިއްޔަށްވެސް ލިބޭނެ ކަމަށެވެ މި ޕެކޭޖުތަކަކީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތައް ބޭނުންކުރުމަށް އެކަށޭނަ ގޮތަކަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށްވެސް އުރީދޫ އިން ބުނެއެވެ.

ސުޕަނެޓުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އިތުރަށް އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.