ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ޑިޖިޓަލް ރިސޯޓްސް ސޮލިއުޝަންތަކެއް އުރީދޫން ތައާރަފްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ޚާއްސަކުރެވިފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯއެއް މިއަދު އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި މި ސޮލިއުޝަންތަކުގެ އަމާޒަކީ، ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ބޭނުންކުރެވެމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ދިވެހި ރިސޯޓުތައް ފަސޭހަކަމާއި އެކު ގުޅުވާލަދިނުމެވެ.

“ޗުއްޓީ އެއް ޚިޔާރުކުރާއިރު، އަދުގެ ފަތުރުވެރިން އިސްކަންދެނީ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ތަޖުރިބާތަކެއް ގެނެސްދޭ ހޮޓެލްތަކާއި ރިސޯޓުތަކަށް. މިފަދަ ތަޖުރިބާތަކެއް މަގުފަހިކޮށްދީ، ރިސޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ހޮޓެލިއަރުންވެސް ދަނީ އީޖާދީ ޓެކްނޮލޮޖީތައް އިޚްތިޔާރުކޮށް، އޭގެ ބޭނުން ހިފަމުން. އުރީދޫގެ އަމާޒަކީ މިފަދަ ޓެކްނޮލޮޖީތަކާއި ފަސޭހަކަމާއިއެކު ރިސޯޓުތަށް ގުޅުވާލަދިނުން. ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި އެކު، އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް އެހީތެރިވެދެނީ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ ސިމްޕްލިފައި ކުރުމާއި އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށް. ހަމަ އެހެންމެ، ރިސޯޓުގެ އެންމެހާ މުއާމަލާތް ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން.” އުރީދޫގެ ސީއީއޯ ނަޖީބް ޚާން، ވިދާޅުވިއެވެ.

އުރީދޫ ބިޒްނަސްގެ ޑިޖިޓަލް ރިސޯޓްސް އަކީ، އިތުރު ހާޑްވެއާތަކާއި ނުލާ ކްލައުޑް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކެކެވެ. ރިސޯޓްތަކުގައި މިހާރުވެސް ގާއިމްކުރެވިފައިވާ އައިޓީ ވިއުގަ އާއި ފަސޭހައިން ގުޅާލެވޭ މި ސޮލިއުޝަންތައް މެދުވެރިކޮށް، މުޅި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލްކޮށް، ޖުމްލަގޮތެއްގައި ހަރަދުތައްވެސް ކުޑަކުރެވިގެންދާނެއެވެ. މި ޕޯޓްފޯލިއޯގައި ހިމެނޭ ސޮލިއުޝަންތަކަކީ:

• ޑިޖިޓަލް ރިސޯޓް އެޕް: ފަތުރުވެރިން ރިސޯޓަށް އައުމުގެ ކުރިން، ޗުއްޓީ ތެރޭގައި، އަދި އެއަށްފަހުވެސް ކުރަންޖެހޭ އެންމެހާ މުއާމަލާތްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ އެޕެއް.
• ޑިޖިޓަލް އެޗް.އާރު: މުވައްޒަފުންގެ އެންމެހާ މުއާމަލާތްތަކެއް ފަސޭހަކޮށްދޭ، ކްލައުޑް މެދުވެރިކޮށް މަސައްކަތް ކުރާ ޓޫލެއް.
• ޑިޖިޓަލް އެންޓަޓެއިންމަންޓް: އެންމެ ފަހުގެ އެޗް.ޑީ އެންޓަޓެއިންމަންޓް، ވީޑިއޯ އޮން ޑިމާންޑް އަދި އިން-ރޫމް ސާވިސާސް ފޯރުކޮށްދޭ، ފުރިހަމަ އައި.ޕީ.ޓީ.ވީ ޕްލެޓްފޯމެއް.
• ޑިޖިޓަލަ ހަބް: މިއީ ސިންގަލް ގިގަބިޓް ފައިބަރ ނެޓްވަރކެއްގައި ބިނާކޮށްފައިވާ، ވޮއިސް، ވީޑިއޯ، އިންޓަނެޓް އަދި ޓީވީގެ ޚިދުމަތްތަށް ފޯރުކޮށްދޭ ކޮޑް ޕްލޭ ސޮލިއުޝަންއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.