ބ. ދަރަވަންދޫ: ނޮވެމްބަރު 17، 2018: ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަޔޮޅު ކައުންސިލާއި ދަރަވަންދޫ ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޮޓުން އިންތިޒާމުކޮށްގެން މަންތާ ޓްރަސްޓް ޖަމިއްޔާއާއި ގުޅިގެން ބ. އަތޮޅުގައި ބާއްވާ މަންތާ ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން ދަރަވަންދޫ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ. އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެއް. ފޮޓޯތައް؛ ދި މަންތާ ޓްރަސްޓް