ދިރާގު ފައިބާ އާއި ޓީވީގެ ހިދުމަތް ނ. ހޮޅުދޫ އަށް

ދިރާގު ފައިބާ އާއި ޓީވީގެ ޚިދުމަތް ނ. ހޮޅުދޫއަށް ތައާރަފުކުރުން– ފޮޓޯ/ދިރާގު

ދިރާގު ހައިސްޕީޑް ފައިބާގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް ނ. ހޮޅުދޫއަށް ތައާރަފް ކޮށްފި އެވެ.

ދިރާގުން ފައިބާގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން “ފައިބާ ޓު ދަ ހޯމް”ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 42 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު ނ. ހޮޅުދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންނެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.