އޭދަފުށި، ނޮވެބަރު 21، 2018: ބ. އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން މިރަށުގައި ގާއިމުކުރާ ޓާފް ދަނޑު ހެދުމުގެ މަސައްކަތް ކުރަނީ. އޭދަފުށީ އިރުމަތީ ސަރަހައްދުގައި 254000 އަކަފޫޓްގެ މި ދަނޑުގެދިގުމިނަކީ 105 މީޓަރު އަދި ފުޅާމިނަކީ، 68 މީޓަރު ހުރޭ. ދަނޑުގައި މިހާރު ކުރިއަށްދަނީ، ވެލިގަނޑު އެއްވަރު ބޭސް ހެދުމުގެ މަސައްކަތް. އެއީ އެންމެ އުނދަގޫ އަދި އެންމެ ބަރާބަރަށް ކުރަންޖެހޭ އެއް މަސައްކަތް– އީޓީ ފޮޓޯ: މުހައްމަދު ނާހިލް އަހްމަދު
އެނގިފައިވާ ގޮތުގައި މިދަނޑުގައި އަޅާ ޓާފަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އޭސީމިލާން ފަރިތަކުރުން ކުރިއަށްގެންދާ ދަނޑުގައި އަޅާފައިވާ ފެންވަރުގެ ޓާފެކެވެ.
މި ޕްރޮޖެކްޓަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.