ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ގާއިމުކޮށްދިން ޕާކު ހުޅުވައިފި

ދިރާގުން މިއަހަރުގެ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމުކޮށްދޭން ނިންމާފައިވާ އައުޓްޑޯ ޕްލޭގްރައުންޑު އިއްޔެ ހުޅުވައިފިއެވެ. މި ޕްލޭގްރައުންޑް ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ އެތަނުގައި ހާއްސަ އިވެންޓެއްވެސް ބާއްވާފައިއެވެ.

މި ޕްލޭގްރައުންޑް ހުންނަނީ ހުޅުމާލޭގައި ހުންނަ މޯލްޑްވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައިއެވެ. ދިރާގުން ވަނީ ޕްލޭގްރައުންޑުގައި ބޭނުންކުރާނެ އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކޮށްފަ އެވެ.

ދިރާގުން ބުނީ މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެޙީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވައި، “އާލީ އިންޓަވެންޝަން” ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނަށް މީގެ ކުރީގައިގައިވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ. 2015 ވަނަ އަހަރު މާލޭގައި އެ އެސޯސިއޭޝަނަށް އިންޑޯ ޕްލޭގްރައުންޑެއް ހަދަން އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ބާއްވާ ދިރާގު މޯލްޑްވްސް ރޯޑް ރޭސް މެދުވެރިކޮށްވެސް އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

މިގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.