މާސް ކޮރޯނާވައިރަސްގެ އިތުރަށް ފެތުރުނަ ނުދިނުމަށް ސަޢުދީން ގިނަ ފިޔަވަޅުތަކެއް އަޅަނީ

ސަޢޫދީ ޢަރަބިޔާ
ސަޢޫދީ ޢަރަބިޔާ

 

 

ސަޢޫދީ ޢަރަބިޔާގައި ފެތެމުންދާ ނުރައްކާތެރި މާސް ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ސަޢޫދީން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ބަލި ހާލު ބޮޑު މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިންގެ އިތުރުން ހިތުގެ ބަލި މީހުންނާއި ކިޑްނީ ބައްޔާއި ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް ޙައްޖު ނުވަތަ ޢުމްރާ ވިސާ ނުލިބޭނެ ކަމުގައެވެ. އެހެން ނަމަވެސް ޢުމުރުން ދުވަސްވީ މީހުން ކަމަށް ބަލާ ވަކި ޢުމުރެއް ސަޢޫދީން ބުނެފައެއް ނުވެއެވެ.

މިޑްލްއީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަކީ ސާސް ރޯގާއާއި ވައްތަރު ސިފަތަކެއް އެކުލެވިގެންވާ ރޯގާއެކެވެ. އެ ރޯގާގައި ސަޢޫދީން މިހާތަނަށް 38 މީހުން މަރުވެފައިވާ އިރު، ސާސް ރޯގާ ފަދައިން މާސް ރޯގާ ޖެހުމުންވެސް މޭގާ އިންފެކްޝަން އުފެދެއެވެ. އަދި ހުން އައިސް، ކެއްސާ، ނޭވާލުމަށް އުނދަގޫ ވެއެވެ. ސާސް އާއި ޚިލާފަށް މާސް ރޯގާ ޖެހުުމުން ކިޑްނީ ހަލާކުވުން އަވަސްވެއެވެ.

މި ރޯގާ މިހާރު ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައިވެސް ފެތުރެމުން ނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.