ދެމެޗުންވެސް ބަލިވެ، ތުޅާދޫ އޭއެސް މުބާރާތުން ކަޓައިފި

ޗީފް ގެސްޓް މުހައްމަދު ފަރީދު ތުޅާދޫ ކުޅުންތެރިންނާ ސަލާންކުރަނީ: ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ތިންވަނަ ޑިވިޝަން މުބާރާތުގައި ލެގޫންސް ސްޕޯޓްސް ކުލަބު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ، ތުޅާދޫ އެވެންޗާސް ސްޕޯޓްސް ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް 3ގެ މިމެޗުން ތުޅާދޫ އޭއެސް ބަލިވީ 5-0 އިންނެވެ. މިމެޗުގައި ލެގޫންސް އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެލަނޑު ޖެހީ އަލީ މުޚްތާރު ހުސައިން އެވެ. އަނެއް ތިން ލަނޑު ޖަހައިދިނީ އަހުމަދު އިމްރާނާއި އާލިމް އަބްދުލް ގައްޔޫމް އަދި އަލީ އަޒްހާރެވެ.

މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބެނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ޓީމެވެ. މި ނަތީޖާއާއެކު ތުޅާދޫ އޭއެސް އަށް ވަނީ ބާކީ އެއް މެޗު އޮއްވާ ކުޅުނު ދެމެޗުންވެސް ބަލިވެ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.

ދެމެޗުންވެސް މޮޅުވެ، ލެގޫންސް މިވަގުތު ގުރޫޕުގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮީ ތުޅާދޫ އަތުން ފުރަތަމަ މެޗުގައި މޮޅުވި ޓެންޓް ސްޕޯޓްސް އެވެ. ލެގޫންސް އަތުން ފުރަތަމަ މެޗުގައި ބަލިވި ސީބީއެލް އަށް ބާކީ ދެމެޗު އޮތްއިރު އެޓީމު ވަނީ ފުރަތަމަ މެޗުގައި ލެގޫންސް އަތުން ބަލިވެފައެވެ.

ތުޅާދޫ އެވެންޗާސް ސްޕޯޓްސް ވަނީ 2017 ވަނަ އަހަރުގެ ތިނަވަނަ ޑިވިޝަނުގައި ވެސް ވާދަ ކޮށްފައެވެ. އެމުބާރާތުގައި އެޓީމު ވަނީ ގުރޫޕް 9ގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އެފަހަރުގެ މުބާރާތުން ތުޅާދޫ އޭއެސް ކެޓީ 2017ގެ ރަނަރަޕް ސީލައިފް ސްޕޯޓްސް ކުލަބް އަތުން ބަލިވެގެންނެވެ.

ތުޅާދޫ އޭއެސް އެޓީމުގެ ފަހު މެޗުގައި ޑިސެމްބަރު 4 ވަނަ ދުވަހުގެ 15:45ގައި ނުކުންނާނީ ހެންވޭރު ދަނޑުގައި ސީބީއެލް ސްޕޯޓްސްއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.