ވެލާ ސްޕޯޓްސް އާއިއެކު އެކްސްކާޝަންވެސް ކްއާޓާ އަށް

3-3

ދަ ބިގިނާސް އިންތިޒާމުގެ ކޮށްގެން މިހާރު ކުރިއަށްދާ އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕްގެ ކުއާޓާ ފައިނަލުން ވެލާ ސްޕޯޓަސް އާއި އެކްސްކާޝަން ރޭ ޖާގަ ހޯދައިފި އެވެ.

ވެލާ ސްޕޯޓްސް ކްއާޓާ އިން ޖާގަ ހޯދީ ރޭ ކްލަބް ބީއެސްކޭ އަތުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލާ އަށް ލަނޑު ޖަހައިދިން މޫސާ ސައިދު އެވެ.

ދި އެކްސްކާޝަން ކްއާޓާ އިން ޖާގަ ހޯދީ ރިއަލް ފްރެންޑް އަތުން 1-0 އިން މޮޅުވެގެންނެވެ. ދި އެކްސްކާޝަން އަށް މެޗުގައި ލަނޑުޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުހޯދި އަހްމަދު މިސްކީނު އެވެ.

ރޭ އައިލެންޑް ޝާކް އާއި އެފްސީ ހަބޭސް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވީ އެފްސީ ހަބޭސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ހަބޭސްގެ ހުސައިން މުހައްމަދު އެވެ.

ރޭ ކުޅުނު މެޗުތަކުން ބަލިވި ބީއެސްކޭ އާއި ރިއަލް ފްރެންޑްސް އަދި އައިލެންޑް ޝާކް ވެސް ރޭ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅޭނެ އެވެ. ފުރަމަތަ މެޗުގައި 22:00 ގައި ސަޖީ އެންޑް ފްރެންޑްސް އާ ދެކޮޅަށް  އޯއެމްއޯ ސްޕެސަލް ނުކުންނައިރު ދެވަނަ މެޗުގައި 22:30 ގައި އެޗްއޭ ޔުނައިޓޭޑާ އެކު ކުޅޭނީ އެފްސީ ހަބޭސް އެވެ. މިރޭ މޯޅުވާ ދެޓީމަކަށް ކުއާޓާގެ ފަހު ދެ ޖާގަ ލިބޭނެ އެވެ.

މުބާރާޓުގެ ކްއާޓާ ފައިނަލް މެޗުތައް މާދަމާ ރޭ ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.