އޯއެމްއޯ ސްޕެސަލް އަދި އެފްސީ ހަބޭސް ކުއާޓަ އަށް

3-3

ދަ ބިގިނާސް އިން ކުރިޔަށްގެންދާ އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕްގެ ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ އޯއެމްއޯ ސްޕެސަލް އާއި އެފްސީ ހަބޭސް ރޭ ހޯދައިފި އެވެ.

އޯއެމްއޯ ސްޕެސަލް ކުއާޓާ ފައިންލުން ޖާގަ ހޯދީ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޭ ސަޖީ އެންޑް ފްރެންޑްސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ. މުބާރާތުގެ ކުއާޓާގައި އޯއެމްއޭ ސްޕެސަލް ނުކުންނާނީ އެފްސީ ސޫޕް އާ ދެކޮޅަށެވެ.

އެފްސީ ހަބޭސް ކުއާޓާ އިން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން އެޗްއޭ ޔުނައިޓެޑް އަތުން 1-3 އިން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މުބާރާތުގެ ކުއާޓާގައި ހަބޭސް ނުކުންނާނީ ވީ ކޮމްބިނޭޝަން އާ ދެކޮޅަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެ މެޗު މިރޭ ކުޅޭނެ އެެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ވެލާ ސްޕޯޓްސް އާ ދެކޮޅަށް ނުކުންނާނީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އެވެ. ދެވަނަ މެޗުގައި އޭދަފުށީ ޕޮލިހާ ދެކޮޅަށް ނުކުންނާނީ ދި އެކްސްކާޝަން އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.