ބ.އަތޮޅުގެ ރަށްރަށުން ގޯތި ދޫކުރަން ފަަށަނީ

ބ. މާޅޮހު މަގަކުން ބަޔަކު ހިނގާފައި ދަނީ. މިއަތޮޅު ރަށްރަށުން ގޯތި ދުކުރަން ދަނީ ތައްޔާރުވަމުން

ބ.އަތޮޅުގެ 13 ރަށަކުން ގޯތި ދޫކުރުމަށް ނިންމާ އެކަމުގެ ތައްޔާރީތައް ވަމުންދާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެފި އެވެ.

ބ. އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކަށް ފޮނުވި ލިޔުމެއްގައި ވަނީ މީގެ ކުރިން ކޮންމެ ރަށަކުންވެސް ގޯތި ދޫކުރުމަށް ބޭނުންވެ ނަމަވެސް ގޯތި ދޫނުކުރެވިހުރި ސަބަބުތަކާއި، ގޯތި ދޫކުރުމަށް ކުރެވުނު މަސައްކަތްތައް އަތޮޅު ކައުންސިލަށް އެންގުމަށެވެ. އަދި އެ ރަށްރަށުގައި ގޯތި ނަގަން ބޭނުންވެފައި ތިބި މީހުންގެ އަދަދު އެގޭނަމަ އެ ތަފްސީލުވެސް ފޮނުައިދިނުމަށް އަތޮޅު ކައުންސިލުން ރަށޫ ކައުންސިލުތަކުގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން ރަށްރަށުގައި އެންމެ ފަހުން ގޯތި ދޫކުރި އަހަރާއި ގޯތި ދޫކުރުމަށް ރަށުގެ ބިން ބޭނުން ކޮށްފައިވާ ގޮތުގެ މައުލޫމާތާއި، ދެެން އެ ރަށްތަކުން އެންމެ ގިނައިން ގޯތި ދޫ ކުރެވޭނޭ އަދަދު ބަޔާން ކޮށްދިނުމަށްވެސް އެދިފައިވެއެވެ. މި ތަފްސީލުތައް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް ބ.އަތޮޅު ކައުންސިލް އިދާރާއިން ވަނީ އެދިފައެވެ.

ބ.އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަޢުލޫމާތުތައް ލިބުނުހާ އެންމެ އަވަހަކަށް، ގޯތި ދޫކުރެވެން ހުރި ރަށްތައް ބަލާ ދިރާސާ ކުރުމަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.