ދިރާގު ހައިސްޕީޑް ފައިބާ އާއި ޓީވީގެ ޚިދުމަތް ގުރައިދޫ އާއި މިލަންދޫ އަށް

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް ތ. ގުރައިދޫއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.—ފޮޓޯ: ދިރާގު

ދިރާގު ހައިސްޕީޑް ފައިބާގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް ތ. ގުރައިދު އާއި، ށ. މިލަންދުއަށް ތައާރަފް ކޮށްފި އެވެ.

މި ޚިދުމަތް އެ ދެ ރަށަށް ތައާރަފު ކުރިއިރު، ދިރާގުން ވަނީ ރ. އުނގޫފާރަށާއި ނ. އަތޮޅު ހޮޅުދޫއަށް ވެސް އެ ދެ ޚިދުމަތް ފޯރުކޮށްދީފަ އެވެ.

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން “ފައިބާ ޓު ދަ ހޯމް” ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އެހެން 45 ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް ށ. މިލަންދުއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.—ފޮޓޯ: ދިރާގު

ފައިބާ ބްރޯޑް ބޭންޑަކީ، ބްރޯޑް ބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑް ބޭންޑް ޚިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖާ އެކު ރާއްޖޭގައި މިވަގުތު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑް ބޭންޑްގެ ޚިދުމަތެވެ. އެ ޚިދުމަތް މިހާރު ގދ. ގައްދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ފުރިހަމަ އަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑް ބޭންޑް ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން، އެ ޕްރޮމޯޝަންގެ ދަށުން ގޭގެ އަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރި އަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.