ދަރަވަންދޫ ފަރުމައްޗަށް އެރި ސަފާރީ ފުންނުކުރެވި ހަލާކުވަނީ

ދަރަވަންދޫ ފަރަށް އެރި ސަފާރީ. ފުންނުކުރެވި ސަފާރީ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް މިމަހުގެ 18 ވަނަ ދުވަހުރޭ ބ. ދަރަވަންދޫ ފަރަށް އެރި ސަފާރީ ފުންނުކުރެވި ހަވާލުކުވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު މިއަދު “އީޓީ” އަށް ވިދާޅުވީ ޓޫރިސްޓުން ގޮވައިގެން ދަނިކޮށް އެރަށު ފަރަށް އެރި “ބްލޫ ލެގޫން” ސަފާރީ 12 ދުވަސްވީ އިރު ވެސް ފުން ނުކުރެވޭ ކަމަށެވެ. އެ ސަފާރީ އަރާފައި ވަނީ އެރަށު އިރު އުތުރު ފަރު މައްޗަށެވެ.

އަލީ މާޖިދު ވިދާޅުވީ ސަފާރީ ފުންކުރުމަށް ވެރި ފަރާތުން އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުން ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން އެ އުޅަނދު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވަމުންދާ ކަމަށެވެ. އަދި ފަރަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“ސަފާރީގެ ބައެއް ބައިތައް ހަލާކުވެގެން މިރަށަށް ދަނީ ލައްގަމުން. އަޅުގަނޑުމެން ކައުންސިލުން ކޮންމެ ދުވަހަކުވެސް ފޮޓޯތައް އީޕީއޭ އަށް ވެސް މިދަނީ ފޮނުވަމުން،”

ދަރަވަންދޫ ފަރަށް އެރި ސަފާރީ. ފުންނުކުރެވި ސަފާރީ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

“ބްލޫ ލެގޫން” ސަފާރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ދަރަވަންދޫ ފަރުމައްޗަށް އެރުމުން، ކޯސްޓް ގާޑުން އެ ހިސާބުގަނޑުގައި ހަރަކާތްތެރި ވާން ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދަތުރުކުރި 13 ޓޫރސްޓުންނާއި 14 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

“ފަތުރުވެރިންނާއި ފަޅުވެރިން އަޅުގަނޑުމެން ދަރަވަންދޫ އަށް ގެންދިޔައީ،” އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ އެ ސަރަހައްދަށް ސަފާރީ އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.