އުރީދޫގެ ސުޕަނެޓް، ރ. ދުވާފަރަށް ތައާރަފްކޮށްފި

އުރީދޫގެ ސްޕަނެޓް ދުވާފަރަށް ތައާރަފުކުރުން– ފޮޓޯ/އުރީދޫ

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް ރ. ދުވާފަރަށް ތައާރަފުކޮށްފި އެވެ.

މިއަދު ރ ދުވާފަރަށް ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނެ އެވެ.

އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އަގުހެޔޮކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ ދުވާފަރަށް އުރީދޫ ސުޕަނެޓް ތައާރަފްކޮށް، ހިދުމަތް ދެވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މުޖުތަމައުއަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން، އުރީދޫގެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. މިއަދު، ދުވާފަރަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް.” ހުސެން ނިޔާޒު ވިދާޅުވިއެވެ.

އެރަށަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކުރީ ޚާއްސަ ޕްރޮމޯޝަނަކާ ވެސް އެކުގަ އެވެ. މި ޕްރޮމޯޝަންގައި ކަނެކްޝަން އެއްވެސް ފީއެއް ނުނަގަ އެވެ.

އާ ޚިދުމަތުގެ ޕެކޭޖުތައް ބޭނުންކޮށްގެން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލު އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ފުރުސަތެއް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަހަރުދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ސުޕާނެޓްގެ ރައުޓަރު ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.