އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް އަނަންތަރާ އަށް

ދުނިޔޭގެ ލީޑިން އަންޑަވޯޓާ ރެސްޓޯރަންޓް އެވޯޑް މިއަހަރުވެސް ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް އަށް ލިބިއްޖެ އެވެ.

އަނަންތަރާ ކިހަވައް ވިލާސްއަށް އެ އެވޯޑް ހަވާލު ކުރީ، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ދިނުމަށް ޕޯޗުގަލްގެ ލިސްބަންގައި ބޭއްވި ހަފްލާގަ އެވެ.

ބ. އަތޮޅުގައިވާ ޔުނެސްކޯ ވޯލްޑް ބަޔޮސްފިޔާގައި ހުންނަ އަނަންތަރާ ކިހަވައް ވިލާސްގައި މުރަކައިގެ ރީތި މަންޒަރު ވެސް ފެންނަ ގޮތަށް ހަދާފައިވާ ކަނޑު އަޑީގެ ރެސްޓޯރަންޓަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މިހާތަނަށް ފަތުވެރިކަމުގެ ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ ރެސްޓޯރެންޓެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެ އަށް މިއަހަރުވެސް ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކަށް ވެސް ވަނީ އެކި އެވޯޑުތައް ލިބިފަ އެވެ.

މީގެ 25 އަހަރު ކުރިން ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ދުނިޔޭގެ އެކި ސަރަހައްދުތައް ވަކިން ހަފުލާތައް ބޭއްވުމަށް ފަހު، ކޮންމެ ސަރަހައްދަކުން ވެސް ހޮވޭ ފަރާތްތައް ޝޯޓްލިސްޓުކޮށްގެން، ދުނިޔޭގެ ފެންވަރުގައި ވޯޓަކަށް ހުޅުވާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.