ދޮންފަނު އިންވިޓޭޝަން ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ މިއަދު ހަވީރު ކިހާދޫއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިއަދު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ގޮއިދޫ ޓީމުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ 11 ވަނަ މިނިޓްގައި ހަސަން އިފްހާމް އެވެ. ކިހާދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގައި އަލީ އަނީސް އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ ޝިރުހާން އަލީ އެވެ. ޝިރުހާންއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދޮންފަނު ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މުހައްމަދު އަބްދުލްކަރީމު އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ދަރަވަންދޫ ނުކުންނާނީ ކުޑަރިކިލާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:00 ގަ އެވެ.