އެމް-ފައިސާ މެދުވެރިކޮށް ޓްރީޓޮޕްގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތަށް ހަދައިފި

ޓްރީޓޮޕްގެ ޚިދުމަތްތަކަށް އުރީދޫގެ އެމް- ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް، ފައިސާ ދެއްކޭނެ ގޮތް އުރީދޫން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫން ބުނި ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގުޅިގެން މިއަދު ތައާރަފުކުރި މި ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށްވެސް، ޓްރީޓޮޕް ކަސްޓަމަރުންނަށް އެމް-ފައިސާގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އެގޮތުން އެޕޮއިންޓްމަންޓް ހެއްދެވުން، އޯ.ޕީ.ޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާ ފަދަ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ އެންމެހާ ޚިދުމަތްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.

“ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ކުރިއެރުން ގެނެސްދިނުމަށްޓަކައި އުރީދޫ އިން ގިނަ ގުނަ އިންވެސްޓްމަންޓުތަކެއް ކުރަމުންދޭ. އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ، އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް. މިއަދު ޓްރީޓޮޕް އާއި އެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް، އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.” އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

“މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެއް. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އަދި މިއަދުން ފެށިގެން މޯލްޑިވް ގޭސްގެ ބިލްތައް ހިމެނޭ،” އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓާ ކޮށްގެން، އެ ފަސޭހަ ހިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.