ބ. ކެންދޫގައި މަސްބޭނުމުގެ މުބާރާތެއް ބާއްވައިފި

ބ. ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމu ކޮށްގެން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ”ޑައިމަންޑް ކެޔޮޅުކަމު މުބާރާތް 2012” ގެ ނަމުގައި މަސްބޭނުމުގެ މުބާރާތެއް ބާއްވައިފި އެވެ.

މިދިޔަ ހޯމަދުވަހު ކެންދޫގައި ބޭއްވި މި މުބާރާތުގައި ބައިވެރިވި ބާރަ ޓީމުގެ ތެރެއިން ނުވަ ޓީމު މަހަށް ފުރިއެވެ. މަސްވެރިންގެ މެދުގައި ވަރަށްފޯރި ނެގި މި މުބާރާތް ކުރިއަށް ދިޔައީ އެދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. މި މުބާރާތުގައި އަންހެނުންވެސް ބައިވެރިވި ކަމަށް ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބުންޏެވެ.

މި މުބާރާތުގައި އެންމެ ބޮޑު މަސް ބޭނި މަސްވެރިއަކަށް ހޮވުނީ، ބ. ކެންދޫ ދާހަދާ އަބްދުލް ރަޝީދުއެވެ. އޭނާ ބޭނި މަހުގައި 12 ކިލޯ ހުއްޓެވެ. އަދި އެންމެގިނަ މަސްބާނައިގެން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އޮޑިދާން ޓީމެވެ. މި ޓީމުން ބޭނި މަހުގެ ބަރުދަނުގައި 125 ކިލޯ ހުއްޓެވެ.

ޗެމްޕިއަންޓީމަށް 2،000ރ އަދި އެންމެ ބޮޑުމަސްބޭނި މަސްވެރިޔާއަށް 500ރ ގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ޝަރަފްވެރި ކޮށްދެއްވީ ކެންދޫގައި ކެޔޮޅުގެ ނަމުން ނަންދެވިފައިވާ މަސްވެރިއެއް ކަމަށްވާ އަހްމަދު އަބްދުއްރަޙްމާނެވެ.

ކުރިވަރާއި މުނިފޫހިފިލުމުގެ ޙަރަކާތްތައް ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މި ކްލަބުން ދަނީ އެތަކެއް މުބާރާތް ތަކެއް ކެންދޫގައި ބާއްވަމުންނެވެ. އެގޮތުން މިއީ އެ ކްލަބުން މިއަހަރު ބޭއްވި ތިންވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.