އެފްއޭއެމް ތިންވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވި ތުޅާދޫ އެވެންޗާސް ސްޕޯޓްސް ކުޅުނު ތިން މެޗުންވެސް ބަލިވެ، މުބާރާތް ނިންމާލައިފިއެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މެޗުން ތުޅާދޫ އޭއެސް ބަލިވީ ސީބީއެލް ސްޕޯޓްސްއާ ވާދަކޮށް 7-4 އިންނެވެ. މެޗުގައި ތުޅާދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސަލްމާން ރަޝީދާއި އަހުމަދު މަހަތީރާއި މުހައްމަދު ނައުޝާދު އަދި އިބްރާހިމް އާދިލް އެވެ.
މިއަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބެނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ޓީމެވެ.
ގުރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ބަލިވެ، ގުރޫޕް 3 ގެ ފުލުގައި ތުޅާދޫ އޭއެސް މިއަހަރުގެ މުބާރާތް ނިންމާލަން ޖެހިފައި ވީނަމަވެސް، އެޓީމު ވަ ވަނީ 2017 ވަނަ އަހަރުގެ ތިނަވަނަ ޑިވިޝަނުގައި ވެސް ވާދަ ކޮށްފައެވެ. އެމުބާރާތުގައި އެޓީމު ވަނީ ގުރޫޕް 9ގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އެފަހަރުގެ މުބާރާތުން ތުޅާދޫ އޭއެސް ކެޓީ 2017ގެ ރަނަރަޕް ސީލައިފް ސްޕޯޓްސް ކުލަބް އަތުން ބަލިވެގެންނެވެ.