ދޮންފަނު އިންވިޓޭޝަން ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކަމަދޫ އަތުން 8-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ދޮންފަނު މޮޅުވެއްޖެ އެވެ.
އިއްޔެ ދޮންފަނު ދަނޑުގައި ކުޅުނު މެޗުގައި ދޮންފަނުގެ 8 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި އިބްރާހިމް އިރުޝާމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ އިރުޝާމް އެވެ.
އަނެއް ލަނޑުތައް ކާމިޔާބުކުރީ އަހްމަދު އިފްހާމް އާއި މުހައްމަދު ނަބީލް، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑެވެ. ދޮންފަނުގެ އަނެއް ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާއިން އެވެ.
ކަމަދޫން ޖެހި ހަމައެކަނި ގޯލް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހުސެއިން އާސިމް އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޅޮހާއި ބައްދަލުކުރާނީ އޭދަފުއްޓެވެ. މި މެޗުން އޭދަފުށި މޮޅުވެއްޖެނަމަ މި ގްރޫޕުން ދޮންފަނާއި އޭދަފުށި ސެމީ ފައިނަލު ކަށަވަރުވާނެ އެވެ.