އޭދަފުއްޓާއި ދޮންފަނު ސެމީ އަށް

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާޅޮސް އަތުން 3-2 އިން އޭދަފުށި މޮޅުވުމުން އެ ޓީމާއި ދޮންފަނު ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.

މި ދެ ޓީމު ސެމީން ޖާގަހޯދީ ގްރޫޕް އޭގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. މި ގްރޫޕުން އެއްވަނަ ޓީމު ޔަގީންވާނީ އަންނަ އާދީއްތަ ދުވަހު މި ދެ ޓީމު ކުޅޭ މެޗު ނިމުމުންނެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޭދަފުށީގެ އިބްރާހިމް ޝަރީފް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ އަލީ ނަސީމު އެވެ.

އޭދަފުށިން ތިން ލަނޑު ޖަހާފައިވަނިކޮށް މާޅޮސް ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު އަމީން އާއި އަހްމަދު ހިޝާމު އެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެޗު ބެލުމަށް ދޮންފަނަށް ދިޔައިރު ދެ ޓީމުގެ ސަޕޯޓަރުން ވެސް ވަނީ ފޯރިއާއެކު ތަރުހީބު ދީފައެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ދޮންފަނު އިންވިޓޭޝަން ކަޕުގައި ކުޅެނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ގޮއިދޫ އާއި ކުޑަރިކިލު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.