ވާވޭ މޭޓް 20ގެ ފޯނުތަކަށް ދިރާގުން ޕްރީ އޯޑަ ނަގަން ފަށައިފި

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯން ކަމަށްވާ “މޭޓް20” ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން މޭޓް20 ސީރީޒްގެ ދެ ފޯނު ކަމަށްވާ “މޭޓް20” އާއި “މޭޓް20 ޕްރޯ”އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެއެވެ.

ދިރާގުން ބުނެފައިވަނީ ޕްރީ އޯޑަރަށް މޭޓް20 ސީރީޒްގެ ފޯނުތައް ގަތުމަށް ގެންނާނީ ލިމިޓެޑް ސްޓޮކެއް ކަމަށެވެ. އަދި ދޫކުރާނީ ފުރަތަމަ ޕްރީ އޯޑަރު ކުރާ ފަރާތްތަކުގެ ތަރުތީބުން ކަމަށްވެސް ދިރާގުން ބުންޏެވެ.

އެ ސީރީޒްގެ ފޯނުތައް 12 މަހުގެ އިންސްޓޯލްމެޓް ޕްލޭނަށް ނެގުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އިންސްޓޯލްމެންޓަށް ނަގާނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ 988 ރުފިޔާ އެވެ. އަދި މޭޓް20 ޕްރޯގެ ފޯނަށް ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،148 ރުފިޔާ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.

މޭޓް ސީރީޒްގެ ދެ ފޯނަށްވެސް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 2،999 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ދިރާގުން ބުނީ މޭޓް20 އަށް އެއްފަހަރާ ފައިސާ ދައްކާ ނަމަ އެ ފޯނު 10،999 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށެވެ. އަދި މޭޓް20 ޕްރޯ ގަންނަން ލިބޭނީ 15،999 ރުފިޔާއަށް ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

މޭޓް ސީރީޒްގެ ފޯނުތައް މާކެޓަށް ނެރެފައިވަނީ މިދިޔަ މަހުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.