ކުޑަރިކިލު ބަލިކޮށް ގޮއިދޫ އުއްމީދު ބޮޑުކޮށްފި

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ކުޑަރިލުގެ މައްޗަށް 3-1 އިން ކުރިހޯދައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޖަޒްލާން ދެ ލަނޑު ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ޖަހައިދިނީ އަހްމަދު ބައްސާމްއެވެ. ކުޑަރިކިލުގެ ހަމައެކަނި ލަނޑު ޖެހީ ރިފާއު އަބްދުﷲ އެވެ.

މިއަދުގެ މެޗު ބެލުމަށްޓަކައި މިދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދޮންފަނަށް ގޮސްފައެވެ.

މި ނަތީޖާއާއެކު 4 ޕޮއިންޓާއެކު ގްރޫޕް ބީގެ ތާވަލުގެ އެއްވަނައިގައި ގޮއިދޫ އޮތްއިރު 3 ޕޮއިންޓާއެކު ދެވަނައިގަ އޮތީ ކުޑަރިކިލެވެ. ތިންވަނައިގައި އޮތް ކިހާދޫއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ދަރަވަންދޫއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިހާދޫ އާއި ދަރަވަންދޫ އެވެ. މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މި ދެ ޓީމަށް ވެސް މި މެޗުން މޮޅެއް ހޯދުން މުހިއްމެވެ.

ބ. އަތޮޅުގެ 23 އަހަރުންދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ ވާދަވެރިކަން އަންނަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.