ސެންޓޭގެ ކޮއްކޮ ޖޫނިއާ ޓީމާއެކު ތައިލެންޑަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް އަބްދުﷲ ފާސިރުއާ ސަލާން ކުރަނީ. ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ ދެ އަހަރުވެސް ހޯދި އޭދަފުއްޓަށް އުފަން ކުޅަދާނަ ފޯވާޑް އަލީ ފާސިރު (ސެންޓޭ)ގެ ކޮއްކޮ އަބްދުﷲ ފާސިރު ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފި އެވެ.

މިއަހަރުގެ ޔޫއެފާ ޔޫތް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމް ތައިލެންޑަށް ފުރީ މިރެ އެވެ.

މިރޭ ތައިލެންޑަށް ފުރި 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް

އުމުރުން 14 އަހަރުގެ އަބްދުﷲ ފާސިރު އަކީ މިރަށުގައި މިހާރު ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާއެވެ. ގައުމީ ޓީމާއެކު ފުރުމުގެ ކުރިން އަބްދުﷲ ފާސިރު ވަނީ ދާދި ފަހުން ބޭއްވި ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުޓްބޯޅަ އިވެންޓުގައި 19 އަހަރުން ދަށުގެ ޓީމަށް ފުރަތަމަ އެގާރައިގައި ކުޅެފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި މިއަހަރު ތައުލީމު ހާސިލުކުރި އަބްދުﷲ ފާސިރު އެ މެޗަށް ގެންދިޔައީ މިދިޔަމަހު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އޭދަފުއްޓަށް ކުރި ދަތުރެއްގައި ފާސިރުގެ ކުޅުން ފެނިގެންކަމަށްވެއެވެ.

ރާއްޖޭގައި ޒުވާން ކުޅުންތެރިން އުފެއްދުމުގެ ގޮތުން އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިން މާލެ ގެނެސް ތަމްރީނު ދިނުމަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެއް އަމާޒެވެ. އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއެރުވުމުގެ ގޮތުން ކޮންމެ ޒޯނެއްގައި ހާއްސަ އޮފީސްތަކެއްވެސް ގާއިމު ކުރުމުގެ މަސައްކަތް މިހާރު އެފްއޭއެމް އިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.