ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި

ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯ ތައާރަފުކުރުމުގެ ތެރެއިން / ފޮޓޯ: ދިރާގު

ވާވޭއިން އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އާއި މޭޓް 20 ޕްރޯ ދިރާގުން ރޭ ވިއްކަން ފަށައިފި އެވެ.

ރާއްޖޭގައި މުއާސަލާތީ ނިޒާމު އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން ދާ ކުންފުނި ދިރާގުން ވާވޭ މޭޓް 20، 128 ޖީބީ، ވިއްކާ އަގަކީ 10،999 ރުފިޔާއެވެ. ދިރާގު ޕޯސްޓުޕެއިޑް ކަސްޓަމަރުން މި ފޯނު ގަންނަން ބޭނުންނަމަ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާއެވެ. މަހު އިންސްޓޯލްމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 988 ރުފިޔާއެވެ.

އަދި ދިރާގުން ވާވޭ 20 ޕްރޯ ވިއްކާ އަގަކީ 15،999 ރުފިޔާއެވެ. ދިރާގު ޕޯސްޓުޕެއިޑް ކަސްޓަމަރުން މޭޓް 20 ޕްރޯ، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާއެވެ. މަހު އިންސްޓޯލްމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 1148 ރުފިޔާއެވެ.

ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯ ތައާރަފުކުރުމުގެ ތެރެއިން / ފޮޓޯ: ދިރާގު

ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދޭނެ ކަމަށެވެ. މި ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ބުނެއެވެ.

މެކްސްކޮމް ކޮމްޕިއުޓާސްއިން ވެސް ވާވޭގެ ސްމާޓް ފޯނުތަކަށް ހާއްސަކޮށްގެން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ވަރަށް ފަހުން ފަށާފައެވެ. “ސްމާޓްފޯނު ބަންޑަލް ޕްރޮމޯޝަން” ގެ ނަމުގައި މެކްސްކޮމްއިން ވާވޭ ފޯނުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.