ކޮންޑެނާސްޓް ޓްރެވަލާސްގެ ގޯލްޑް ލިސްޓުގައި ބ. އަތޮޅުގެ ދެ ރިޒޯޓެއް ހިމެނިއްޖެ


އެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަސްގެ މިއަަހަރުގެ ގޯލްޑް ލިސްޓްގައި ބ. އަތޮޅުގެ ދެ ރިޒޯޓެއް ހިމެނިއްޖެ އެވެ.

ކޮންމެ އަހަރަކު ކޮންޑެނާސްޓް އިން ނެރޭ ގޯލްޑް ލިސްޓަކީ ދުނިޔޭގެ އެންމެ ރަނގަޅު ހޮޓެލްތައް ހިމަނައިގެން ނެރޭ ލިސްޓެކެވެ. އެ ލިސްޓްގައި މިއަހަރު ރާއްޖެއިން ހިމެނިފައިވަނީ މިއަތޮޅުގައި ހިންގާ ފަސްތަރީގެ އަމިއްލަ ފުށި ރިސޯޓާއި ސޮނެވާ ފުށި ރިސޯޓެވެ. 


 ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބަޔޯސްފިއާ ރިޒާވްގައި ހިންގާ މި ދެ ރިސޯޓަކީވެސް ފަތުރުވެރިންނަށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ނަން މަޝްހޫރު ދެ ރިޒޯޓެވެ. އަދި ލަގްޒަރީ މާރކެޓްގައި މަޝްހޫރު ދެ ރިޒޯޓު ވެސްމެއެވެ. 

ކޮންޑެ ނާސްޓްގެ ނިއު ޔޯކް އަދި ލަންޑަން އޮފީހުގެ އެޑިޓަރުން އެކުލަވާލާ މި ލިސްޓުގައި ހިމެނޭނީ ދުނިޔޭގެ ހަ ބައްރަކުން، 36 ޤައުމެއްގެ އެޑިޓަރުން ހޮވާ ހޮޓެލް، ރިސޯޓެވެ.

މި ލިސްޓުގައި ހިމެނޭނީ 2019 އަހަރު ފަތުރުވެރިން ދަތުރުކުރުމަށް ކޮންޑެ ނާސްޓް އެޑިޓަރުން ލަފާދޭނެ ތަންތަނެވެ. ގޯލްޑް ލިސްޓްގައި ހިމެނޭނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެމަތީ ގިންތީގެ ހިދުމަތްތައް ފޯރުކޮށްދޭ، ފަސްޓް ކްލާސް، ލަގްޒަރީ ތަންތަން އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.