ގަހެއް ހަދިޔާ ކޮށްގެން ރިސޯޓް ދަތުރެއް ލިބޭ ހަރަކާތަށް ރަނގަޅު ތަރުހީބެއް

އަނަންތަރާ ކިހަވައް ރިސޯޓްގެ މުވައްޒަފުން ކިހާދު ކުޑަކުދިންގެ ޕާކުގަިއ ގަސް އިންދަނީ– ފޮޓޯ ކިޑްސް

ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ބުނެފި އެވެ.

ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތަށް އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގެ މުވައްޒަފުންގެ ފަރާތުން ގަސް ހަދިޔާކޮށްފި އެވެ.

“ޕްލާންޓް އަ ލެގަސީ” ގެ ނަމުގައި މިމަހުގެ 1 ގައި ފެށި މި ހަރަކާތުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގެ މުވައްޒަފުންގެ ފަރާތުން ކިހާދޫގައި ކިޑްސް އިން ތަރައްގީ ކުރާ ޕާކަށް ގަސް ހަދިޔާކޮށް، ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހިންގާފައިވާ ކަމަށް ކިޑްސްގެ ރައީސް އިބްރާހިމް ވަސީމް ވިދާޅުވި އެވެ.

ވަސީމް ވިދާޅުވީ މި ހަރަކާތަށް ކިހާދޫ އާއްމުންގެ ފަރާތުން ވެސް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ކަމަށެވެ.


“މިރަށުގެ ވެސް ގިނަ ބަޔަކު މިހާރުވަނީ ޕާކު ތެރޭގައި ގަސް އިންދާފައި، ވެބް ސައިޓް މެދުވެރިކޮށް ވެސް ގަސް ހަދިޔާ ކުރަމުން އެބަދޭ،”

ކިޑްސް އިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެޖަމިއްޔާ އާއި އެހީތެރިވެދެއްވަމުން ގެންދަވާ ކިހާދޫ ޒުވާން ބޮޑުބެރު ގްރޫޕަށާއި ޒުވާން އަންހެން ކުދިންނާއި ރަށު ކައުންސިލުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.  

އަނަންތަރާ ކިހަވައް ރިސޯޓްގެ މުވައްޒަފުން ކިހާދު ކުޑަކުދިންގެ ޕާކުގަިއ ގަސް އިންދަނީ– ފޮޓޯ ކިޑްސް

ބ. އަތޮޅު ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބެނީ ގަސް ހަދިޔާކުރާ މީހުންގެ މެދުގައި ގުރުލައިގެން، ދެ މީހަކަށެވެ. އެކަމަކު ގުރުން ހޮވޭ ކޮންމެ މީހަކަށް ވެސް އިތުރު މީހަކު، އެ ދަތުރުގައި ބައިވެރިކުރެވޭނެ ކަމަށް، ކިޑްސް އިން ބުންޏެވެ.

މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުޑަކުދިންގެ ޕާކް ތަރައްގީކުރުމެވެ. ޕާކްގައި އިންދަން ކަނޑައަޅާފައި ވަނީ 330 ގަހެވެ. މީހަކަށް ގިނަވެގެން ހަދިޔާކުރެވޭނީ 15 ގަހެވެ. އޭގެ ބޭނުމަކީ، ކިޑްސް އިން ބުނި ގޮތުގައި، ތިމާވެށީގެ މިކަހަލަ ޕްރޮގްރާމެއްގައި ބައިވެރިވާން ބޭނުން ގިނަ ބަޔަކަށް ފުރުސަތު ދިނުމެވެ.

 ގަސްތައް ވިއްކަން ހުރި އަގު، ކިޑްސްގެ ވެބްސައިޓްގައި ވަނީ ޖަހައިފަ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.