ހުރިހާ ވައިބާ ސްޓިކާއެއް ލިބޭ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި

ހުރިހާ ވައިބާ ސްޓިކާއެއް ލިބޭ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އާއި ވައިބާ ގުޅިގެން، ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭ، މަހަކު އެންމެ 19 ރުފިޔާގެ ޕެކެއް މިއަދު ތައާރަފްކޮށްފި އެވެ.

މި ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކަރތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލާ ބޭނުންކުރެވޭނެ އެވެ.

“ވައިބަ އަކީ ޢާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕެއް. މިއަދު މި ތަޢާރަފްކުރެވުނު ޚިދުމަތާއިއެކު ވައިބަރގެ މަޤުބޫލު ސްޓިކަރތައް މެދުވެރިކޮށް ދެކެވޭ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއްލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނުބޮޑު އުފަލެއް. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ލޯކަލް އަދި އިންޓަރނޭޝަނަލް ޕާރޓްނަރުންނާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ.” އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވިއެވެ.

ޕްރިމިއަމް ވައިބަ ސްޓިކަރގެ ޚިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ލިބިދެވޭ ޚިދުމަތަކަށްވާއިރު، އަންލިމިޓެޑް ވައިބަރ ސްޓިކަގެ މި ޚިދުމަތާއިއެކު ޕްރިމިއަމް ސްޓިކަޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެ އެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް STICKER ޖެއްސެވުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބަރގެ ސްޓިކަރ މާރކެޓުން ބޭނުންފުޅު ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެއްވޭނެއެވެ.

އުރީދޫން ބުނިގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންގެ ތަފާތު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އުރީދޫން ނުހަނު އިސްކަންދޭ ކަމެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފްކޮށްފައެވެ. މި ޚިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ 7 ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ 6 މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.