އޭދަފުށީގައި ކުރިއަށްދާ ތްރީ އޮން ތްރީ ސޮކާ ކަޕްގެ ފައިނަލުން ވެލާ ސްޕޯޓްސް އާއި އެފްސީ ސޫޕް ރޭ ޖާގަ ހޯދައިފި އެވެ.
ދަ ބިގިނާސް ތްރީ އޮން ތްރީ ސޮކާ ކަޕް ފައިނަލުން ވެލާ ސްޕޯޓްސް ފުރަތަމަ ފަހަރަށް ޖާގަ ހޯދީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ އެފްސީ ހަބޭސް އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ.
މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި ވެލާ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީގައި ރޭ އޭދަފުށީ ޕޮލިސް އަތުން ޕެނަލްޓީ ޖަހައިގެން 1-0 އިން މޮޅުވި އެފްސީ ސޫޕް އެވެ. މިއީ ތްރީ އޮން ތްރީ ކަޕްގެ ފައިނަލުން އެފްސީ ސޫޕްވެސް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗު އޮންނާނީ މާދަމާރޭ 10:00 ގައެވެ. ފައިނަލު މެޗަށްފަހު އިނާމުދިނުމުގެ ރަސްމިއްޔާތުވެސް ބާއްވާނެކަމަށް ދަ ބިގިނާސް އިން ބުނެއެވެ.